ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މަތީ ފެންވަރުގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްގެފާނު ޗާލްސްއާ މިއަދު ބައްދަލު ކުރެއްވީ ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގަ އެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު އިއްޔެ ވަނީ އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އާއި ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ވެސް ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވައިފަ އެވެ.
އެ ދަތުރުފުޅުގައި ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ކޮމެންޓް