ހަބަރު

މިދިޔަ މަހު 1447 ޓްރެފިކް ވަޔަލޭޝަން މައްސަލަ ބެލުނު: ޕޮލިސް

ސެޕްޓެމްބަރު މަހުގައި 1447 ޓްރެފިކް ވަޔަލޭޝަން މައްސަލަ ބެލުންކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނެރުން ތަފާސް ހިސަބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެކަނި ވެސް 2922 ވެހިކަލް ޗެކް ކުރެވުން ކަމަށާއި އަދި ޓްރެފިކް މައްސަލަތަކާއި ގުޅިގެން 804 ފަރާތަކަށް ނަސޭހަތްތެރި ވުމަށް ފަހު ދޫކޮށްލެވިފައިވާ ކަމުގަ އެވެ.

މީގެ އިތުރުން މިދިޔަ މަސްތެރޭގައި ޖުމްލަ 207 އެކްސިޓެންޑެއް ހިނގާފައިވާ އިރު 25 މީހަކަށްމި އެކްސިޓެންޑުތަކުގައި އަނިޔާވެފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

ފުލުހުން އިތުރަށް ހާމަ ކުރާގޮތުގައި ސެޕްޓެމްބަރު މަސްތެރޭގައި 717 4 ފުރޮޅު އުޅަނދު އަދި 2 ފުރޮޅުލީ 134 އުޅަނދު ޓޯ ކުރެވިފައިވާ ކަމަށެވެ. 

މީގެ ތެރެއިން 3 އުޅަނދު ޓޯ ކުރެވުނީ ވެހިކަލް މޮޓިފިކޭޝަން އާއި ގުޅިގެން ކަމަށާއި 145 ޓޯ ކުރެވުނީ ލައިސެންސް ނުލާ ދުއްވުމުން ކަމަށް ފުލުހުން ވަނީ ފާހަގަ ކޮށްފައި އެވެ.

މީގެ އިތުރުން އެކި ސަބަބުތަކާއި ހެދި 569 ލައިސެންސް އަތުލެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

"މިދިޔަ މަހު 140 ވެހިކަލް އެއް އެކި ސަބަބުތަކާއި ގުޅިގެން ރީލޯކޭޓް ކުރެވިފައުވޭ އަދި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް ނެގުމަށް 2752 ކޯލް އެއް ލިބިފައިވޭ" ފުލުހުން ބުނި އެވެ

އަދި ނުރައްކާތެރިކޮށް ދުވުމުގެ ސަބަބުން 20 ވެހިކަލް ހުއްޓުވިފައިވާ ކަމަށާއި ރަޖިސްޓްރޭޝަން ނަމްބަރުގެ މައްސަލަ އެއް އުޅޭ ކަމަށް ބެލޭ 6 ވެހިކަލް އެއް ހުއްޓުވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ހެޓްސެޓް އަޅާއިގެން ދުއްވުމުގެ 136 މައްސަލައަކާއި، ކާގޯ ރެގިއުލޭޝަން އާއި ހިލާފަވެގެން 47 ވެހިކަލް އަކާއި، ނަމްބަރު ޕްލޭޓްގެ މައްސަލަ އާއި ގުޅިގެން 27 ވެހިކަލް އެއް، ލޭން ބަދަލުކުރުމުގެ މައްސަލަގައި 1239 ވެހިކަލް އެއް، ޓްރެފިކް ގަވައިދާ ހިލާފަވެެގެން 10 ވެހިކަލް އެއް، ދުއްވަމުން ދިޔަ ވަގުތު ދުންފަތުގެ އިސްތިއުމާލުކޮށްގެން 10 ވެހިކަލް އެއް އަދި ގާނޫނުން ލާޒިމް ކުރާ ލޯގަނޑު ނެތުމުން 10 ވެހިކަލް އެއް ހުއްޓިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މިކަންކަމަށް ރައްޔިތުން އަހުލުވެރި ކުރުމަށް 90 ގަޑިއިރުގެ އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ހިންގުން ކަމަށާއި 30 މަގުމަތީ ސަލާމަތާއި ބެހޭ 30 ޕްރޮގްރާމެއް ހިންގުން ކަމަށާއި ޓީވީ އަދި ރޭޑީޔޯއިން ވެސް އެކަންކަމާއި ގުޅޭ 21 ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ފާހަގަ ކުރެއެވެ.


ކޮމެންޓް