ހަބަރު

ކާޅާއި ވާލުގެ އާބާދީގެ ދިރާސާއެއް ހަދަން ލަފާ ދީފި

ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު ބަލައި ދެނެގަތުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ދިރޭ ތަކެއްޗާއި ބެހޭ މިނިސްޓްރީއަށް ލަފާދީފިއެވެ.

 

ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް އީޕީއޭ އާއި އެކު މަޝްވަރާކޮށްފައިވާ ދިރޭ ތަކެއްޗާއި ބެހޭ މިނިސްޓްރީން ބުނެއެވެ.

 

މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި އީޕީއޭއިން ލަފާދިނީ ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު ބަލައި ދެނެގަތުމަށެވެ. 

 

އެ އަދަދު ދެނެގަތުމަށްފަހު ވާލާއި ކާޅު ބެލެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެކަން އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

 

އީޕީއޭއިން ބުނީ ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެ އެކަމުގައި އެހެން ގޮތެއް ނެތް ނަމަ ދެން އޮންނާނީ ކޮންޓްރޯލްކޮށްގެން އެ ތަކެތި މެރުންކަމަށެވެ. އެހެނަމަވެސް އެއީ އެންމެ ފަހުކަމެއްގެ ގޮތުން ކުރާނެ ކަންތައްކަމަށް އީޕީއޭއިން ބުނެއެވެ. 


ކޮމެންޓް