އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އަޅަން އެމްޓީސީސީ އަށް

ހއ. އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އެޅުމަށް އެމްޓީސީސީއާއެކު ސޮއިކޮށްފިއެވެ.

 

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ކުރިއަށްގެންދާ މަޝްރޫއެކެވެ.

 

އިމިގްރޭޝަނުން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަގްވާމީ ބަންކަރިންގގެ ހިދުމަތާއި ގުޅިގެން ބޭރު ގައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށާއި އުލިގަމުގައި އިމިގްރޭޝަން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އައު އިމާރާތެއް އެޅުމަށް އެމް.ޓީ.ސީ.ސީއާއެކު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

 

އުލިގަމުގައި އިމިގްރޭޝަންގެ ދެ އޮފިސަރުން މެދުވެރިކޮށް މިހާރުފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓުގެ ހިދުމަތްތަކެވެ. ނަމަވެސް އައު އިމާރާތް ގާއިމުކުރެވުމާއެކު، ޕާސްޕޯޓު އަދި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަންގެ ހިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްގީވެގެންދާނެއެވެ.

 

އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އެޅުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް އަޙްމަދު ފަޞީހްއެެވެ.

 


  • އިމިގްރޭޝަން
  • އެމްޓީސީސީ
  • ކޮމެންޓް