އެލައިޑްގެ އިފްތާޜު ޕެކް ބެހުން ކުރިއަށް

މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން އެލައިޑް އިންޝުއަރެންސް އިން އިފްތާރު ޕެކް ބެހުމުގެ މަސައްކަތް ކުރިޔަށްއެބަގެންދެއެވެ.

 

އެ ކުންފުންޏަށް 40 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މި ހަރަކާތް ކުރިއަށްގެންދަނީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައެވެ.

 

އެގޮތުން މާލޭގެ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ޖަލާލުއްދީން މިސްކިތް އަދި ހުޅުމާލޭގެ ހުޅުމާލެ ގްރޭންޑް މިސްކިތުގައި ވަނީ ބަހާފައެވެ. އަދި މަސްޖިދު މުހައްމަދު މިސްކިތުގައި ވެސް ބަހާފައި ވެއެވެ.

 

މީގެއިތުރުން ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މާލެ ސަރަހައްދުގެ އެހެނިހެން މިސްކިތްތަކުގައި ވެސް މިހަރަކާތް ކުރިޔަށްގެންދިޔުމަށް ނިންމާފައިވާކަމަށް މައުލޫމާތު ދެއްވައެވެ.

 

އެގޮތުން ހުކުރު ދުވަހު ހުޅުމާލޭގައި މިހަރަކާތް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އުސްމާން ބިން އައްފާން މިސްކިތުގައެވެ. އަދި ވިލިމާލޭގެ މަސްޖިދު އަލް ބިއްރީގައި މިހަރަކާތް ހޮނިހިރު ދުވަހު ކުރިޔަށްދާނެކަމަށް މައުލޫމާތު ދެއްވައެވެ.

 

މިއަހަރަކީ އެލައިޑުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އަހަރުކަމަށް ވުމާއި އެކު، އަހަރު ތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖްތިމާއީ ހަރަކާތްތައް ހިންގުމަށް އެކުންފުނިން ވަނީ ރާވާފައެވެ.

 

މިއީ އެކުންފުނީގެ ދެމިއޮތުމަށް ރައްޔިތުންގެ ފަރާތުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަން ކަމުގައި އެކުންފުނިން ފާހަގަކުރެއެވެ.

 


  • އަޔާދީ ތަކަފުލް
  • އެލައިޑް
  • ކޮމެންޓް