ކެލާ ރަށްވެހި ދާރުލްއާސާރު ތަރައްގީ ކުރުމަށް އާރްޑީސީ އަށް

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

 

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާރޗު 25 ވަނަ ދުވަހުގެ ރޭ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމްއެވެ. އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.

 

މި މަސައްކަތް ނިމިގެންދާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި ފަތުރުވެރިކަން ސިންދަފާތުކުރުމާއި ނެޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއް ގޮތަށެވެ.

 

އެ ވުޒާރާއިން ވަނީ މި މަހު 10 ވަނަ ދުވަހު އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްގީކުރުމުގެ މަޝްރޫއުގައި ވެސް އާރްޑީސީ އާއެކު ސޮއިކޮށްފައެވެ.

 


  • އާރްޑީސީ
  • ކޮމެންޓް