ހަބަރު

ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް

މިއަދުން ފެށިގެން އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާކަމަށްދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މި ބަދަލުތަކަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތި ކުރުމުގެ މަގުސަދުގައި ގެނެވޭ ބަދަލުތަކެއް ކަމަށް ފުލުހުން ބުނެއެވެ. މި ބަދަލުތަކާ ގުޅިގެން އާ އޮނިގަނޑުގައިވާ މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އާ އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފއިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ. 


އާ އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. 



މި އޮނިގަނޑަށް ގެނައި ބަދަލާއިއެކު ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތައް


އޮފީސް އޮފް ދަ ކޮމިޝަނާ

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް

ޕްރޮފެޝަނަލް ސްޓެންޑާޑްސް

ނޭޝަނަލް އިންޓެލިޖެންސް ސާވިސް

އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް

ފޮރެންސިކް ސާވިސަސް

ސެންޓްރަލް އިންވެސްޓިގޭޝަންސް

ޕޮލިސް

ހުޅުމާލޭ ޕޮލިސް

ނޮދަން ޕޮލިސް

ސަދަން ޕޮލިސް

ސާވިސް ޑިވެލޮޕްމަންޓް

ސާވިސް ސަޕޯޓް

ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ


މި އޮނިގަނޑު ފަރުމާކޮށްފައި ވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށްކަމަށް ފުލުހުން ބުނެއެވެ.


ކޮމެންޓް