ހަބަރު

ހުޅުމާލޭ ފަޅުތެރެއަށް ރޭ ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ރޭ ފޭބިފަހުން ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ވަލެއް އެއްސުމަށް ފަޅުތެރެއަށް ފޭބި މިމިހާ ގެއްްލިގެން ރިޕޯޓްކުރީ އިއްޔެ އިރުއޮއްސި 18:30 ހާއިރުކަމަށެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔައީ ދިވެހި ފިރިހެނެއްކަމަށެވެ. 

އެމްއެންޑީއެފުން ދާދި ދެންމެއަކު ބުނީ ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ހޯދަމުން ދަނިކޮށް، ސީ ޕްލޭން ޓާމިނަލްގެ ފަޅުތެރެއިން ފެނިފައިވާކަމަށެވެ. 

މިހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނުނީ މިއަދު ހެނދުނު 08:25 އެހައިކަންހާއިރު މޫދުއަޑިންކަމަށް ފުލުހުން ބުނެއެވެ. އަދި  އޭނާގެ ހަށިގަނޑު ފެނުމުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

މި ހާދިސާގައި މަރުވީ ކ.ގުރައިދޫ / ރަތްވިލާގެ ، އިބްރާހިމް ޝާކިރު (48 އަހަރު)އެވެ. 

އެމްއެންޑީއެފުން ބުނީ އެ މީހާ ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފް ގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެއާޕޯޓްގެ ރެސްކިޔު ޓިމުތަކުން ހަރަކާތްތެރިވެފައިވާކަމަށެވެ. 


ކޮމެންޓް