ސިއްކަ ފަޒުނާގެ އަމުރަށް ޗޯރު އިބުރޭ އައްނިއަށް ޖަލްސާގައި ވާހަކަ ދައްކަން ފުރުސަތު ނުދޭން ނިންމައިފި އެވެ.
ޗޯރު އިބުރޭގެ ނިންމުމާއިއެކު އެމްޑީޕީގެ ފެކްޝަންތަކުގެ މެދުގައި ޒުވާބު ހޫނުވެ މިހާރު އަންނި ވަނީ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.
ވައްކަމާއި ފަސާދައިގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ޗޯރު އިބުރާއަށް މިހާރު ފެންނަމުންދަނީ 2028 ވަނަ ރިޔާސީ އިންތިހާބުން މޮޅުވެ ވެރިކަމަށް އާދެވޭތަން ކަމަށް ސިއްކަގޭ މީހުން އިބުރޭ ގާތު ވަނީ ބުނަން ފަށާފަ އެވެ.
އިބުރޭއަކީ ރައްޔިތުންގެ މާ ބޮޑު ތާއީދެއް އޮންނަ ފަރާތެއް ނޫން ނަމަވެސް މިކަލޭ ވެސް އުޅެނީ ގައުމުގެ ބައިތުލް މާލް ދަވާލުމަށް ބޫތުކައިގެންނެވެ.
ސިއްކަ ފަޒުނާ ވެސް ވަނީ އަނެއްކާ ވެސް ގައުމުގެ ފަސްޓް ލޭޑީއަކަށް ވާ ހިތުން ހޭދެބައިވެފައެވެ.