ހަބަރު

ފެނަކައިގެ އެމްޑީ ނަޖާހު މަގާމުން ވަކިކޮށްފި

ފެނަކައިގެ އެމްޑީ ނަޖާހު މަގާމުން ވަކިކޮށްފި އެވެ. 

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހ. ޔެލޯރޯޒް 2، މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު ވަކިކުރިކަން އޭނާވެސްވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އޭގެ ސަބަބެއް ނޭނގެއެވެ. 

އޭގެ އިތުރުން، ޕީސީބީންވަނީ ނަޖާހް ވަކިކުރިކަން އެކްސްގައި ހާމަކޮށްފައެވެ. 

ފެނަކައިގެ އެމްޑީއަކަށް ނަޖާހު އައްޔަނު ކުރީ އެ މަގާމުގައި އޭގެ ކުރިން ހުރި އިބްރާހިމް މުއާޒް ރަޝީދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. 

ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކައަކީ  ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. 


ކޮމެންޓް