ހަބަރު

ރިޔާސީ ދައުރު ދިގުކުރާކަށް ނޫޅެން: ރައީސް

ރިޔާސީ ދައުރު ދިގުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން މިރޭ ގެނެސްދިން "ރައީސް" ޕްރޮގްރާމްގައި، ޒުވާނަކު ވަނީ ދެ އިންތިހާބު އެކުގައި ބޭއްވުމާއި ރިޔާސީ ދައުރު ދަންމާލުމާ ގުޅޭ ގޮތުން ރައީސް މުއިއްޒުއާ ސުވާލު އަމާޒުކުރައްވައިފަ އެވެ.

އެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރިޔާސީ ދައުރު ދަންމާލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

"ނޫން، އެކަހަލަ ވިސްނުމެއް ނެތް އަޅުގަނޑުގެ. ތި ބެނާތައް ފެނޭ، އަޅުނގަޑު ހިތަަށް އަރާ ކޮން ގައުމެއްގައި ބާއޭ އަނެއްކާ އަޅުގަނޑުމެންނަށް މި އުޅެވެނީ. ގައިމު ވެސް މި ގައުމުގައި ނަގަން މި އުޅޭ ވޯޓުގައި އެކަހަލަ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީއިން ދަނީ ފެންނަ ނުފެންނަ ވޯޓަށް "ނޫނެކޭ" ބުނެ ޖަލްސާތަކާއި ކެމްޕއިން ހަރަކާތްތައް ހިންގަމުންނެވެ. ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި އިންތިހާބު ގިނަވުމަކީ ހަރަދު ބޮޑުވެ އަދި ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއް ކަމަށް ބުނަމުންނެވެ.


ކޮމެންޓް