ހަބަރު

ވަގަށް އެތެރެކުރި ސިނގިރެޓްތަކެއް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި އެވެ.

ރާއްޖޭގައި ދުންފަތުގެ ގާނޫނު ހަރުކަށި ކުރުމުން ވަގަށް ސިނގިރޭޓް އެތެރެކުރުމުގެ މަސައްކަތް ކުރާ މީހުން ހުއްޓުވަން ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. މިހާރުވެސް އެފަދަ ބޮޑެތި އެތައް މައްސަލަތަކެއް ދަނީ ބަލަމުން ނެވެ.

ކަސްޓަމްސްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފައިވާ ކަމަށެވެ.

އެތަކެތި އަތުލައިގަތީ މި މަހުގެ ފަސް ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. 


ކޮމެންޓް