ބޭރުދުނިޔެ

އިސްރާއީލުގެ މައި އެއާޕޯޓަށް އީރާނުން ހަމަލާދީ ގޮއްވާލައިފި

އިސްރާއީލުގެ މައި އެއާޕޯޓަށް އީރާނުން ހަމަލާދީފިއެވެ.

އިސްރާއީލުގެ މީޑިއާތަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކުރާ ގޮތުގައި އީރާނުގެ މިސައިލް ހަމަލާތައް އަމާޒުވީ ބެން ގުރިއަން އެއާޕޯޓަށެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ ކުރިންވެސް އީރާނުން ވަނީ އެ އެއާޕޯޓަށް އަމާޒުކޮށް ހަމަލާދީފައެވެ.

އިސްރާއީލުގެ ބެން ގުރިއަން އެއާޕޯޓު ހުންނަނީ ތެލް އަވީވްގެ ބޭރު ސަރަހައްދުގައެވެ.


ކޮމެންޓް