ހަބަރު

6 ކިލޯގެ ޑްރަގާއެކު އިންޑިއާގެ ދެ ޒުވާނަކު ރާއްޖެއިން ހައްޔަރުކޮށްފި

ރާއްޖެއަށް ގިނަ އަދަދެއްގެ ޑްރަގު އެތެރެކުރިކަމުގެ ތުހުމަތުގައި އިންޑިއާއަށް ދެ ޒުވާނަކު ވެލާނާ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކަތިރިވިލް މަނިމަރަން، 21 އަހަރާއި އަދި ދަނޫޝްކާނދަން ގޯޕާލް، 19 އަހަރު އެވެ. 

މި ދެމީހުން ރާއްޖެ އައި އިރު ޝައްކު އުފެދިގެން ކަސްޓަމްސްއިން ބަލާފާސްކުރުމުން އެމީހުންގެ ލަގެޖުގެ ތެރެއިން ޑްރަގު އަޅާފައިހުރި ފުޅިތަކެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެތަކެތި ތަހުލީލުކުރި އިރު ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނުގައި 6.7 ކިލޯ ހުރި ކަމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް ހަ ދުވަސް ޖަހާފައެވެ. 


ކޮމެންޓް