ހަބަރު

''އެއްކަލަ ބޫ'' ފުލުހަށް ހާޒިރުވާން އަންގައި އިއުލާން ކޮށްފި

ޓިކްޓޮކް އެކްޓިވިސްޓް އާމިރު ޕޮލިހަށް ހާޒިރުވާން އަންގައި އިއުލާންކޮށްފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އާމިރު، ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސުވާލު ކުރާށެވެ. 

އާމިރު، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ކަމަށް ފުލުހުން ބުންޏެވެ. 

އާމިރު ހާޒިރުވާން އަންގާފައިވަނީ މާރިޗު މަހުގެ 10 ވަނަ ދުވަހު ހަވީރު، ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ. 


ކޮމެންޓް