ހަބަރު

ދިވެހި ބޮޑު ފިރިހެނަކު ރޯދަ މަހު ޗުއިންގަމް ކައިގެން ހައްޔަރު ކޮށްފި

މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހު ދުވާލު ގަޑީގައި މަގުމަތީގައި ކެއި ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

އިއްޔެ ދުވާލު ގަޑީގައި މަގުމަތީގައި ކެއި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ޒުވާނަކާ 41 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ. 

މި ދެ މީހުންގެ ތެރެއިން 25 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސްވަނީ ޖަހައިފައެވެ. އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާވަނީ ރޯދަ މަހު ދުވާލު ގަޑީގައި މަގުމަތީގައި ޗުއިންގަމް ކައިފައެވެ. 

މި މައްސަލައިގައި ދެން ހައްޔަރުކުރި 41 އަހަރުގެ މީހާގެ ބަންދަށް ކޯޓުންވަނީ ފަސް ދުވަސް ޖަހައިފައެވެ. 


ކޮމެންޓް