2025 އަހަރު ވައްޓާލައި ނުގޮވި ބޮމަކުން އެމެރިކާގެ އެންމެ ބާރުގަދަ ބޮމުގެ ޓެކޮނޮލޮޖީ އީރާނުން ހޯދައިފި އެވެ.
އެމެރިކާ ބިރުން ސިހިއްޖެ އެވެ. އެމެރިކާގެ އެންމެ މޮޅު އެއް ޓެކްނޮލޮޖީ އީރާނުން ދަމައިގަތީއެވެ. ވާނުވާ ނޭނގި އެމެރިކާ ސައިޒުވީއެވެ.
2025 ގައި އީރާނުގެ ނިއުކްލިޔާ ސައިޓަށް އެޅި ބޮމުގެ ތެރޭން ނުގޮވާ އޮތް އެމެރިކާގެ އެންމެ ބިރުވެރި ފުރޭތައެއް ކަހަލަ ބަންކަރ ބަސްޓަރ ބޮން އީރާނަށް ލިބި، އޭގެ ޓެކްނޮލޮޖީ ދަމައިގެންފި ކަމަށް އީރާނުގެ ހާރިޖީ ވަޒީރާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓް ވެސް ވަނީ ކޮށްފަ އެވެ.
އެނގޭހެވެ! މި ބޮމުގެ ޕަވަރު އަންދާޒާ ކޮށްލާ ނަމަ ވިސްނާލާށެވެ. މިސާލަކަށް މިބޮން 25 ބުރީގެ ޢިމާރާތެއްގެ ފުރާޅަށް ވައްޓާލުމުން އޭތި އެދާ ގޮތަށް ގޮސް ފުރާޅު ތޮރުފައި ހުރިހާ ފުލޯތަކެއްގެ ކޮންކްރީޓް ޝީޓުތައް (ދަގަނޑު ޝީޓެއްނަމަ އެވެސް ތޮރުފާލައި) ގޮސް ދާނީ ފައުންޑޭޝަނާއި ހަމަޔަށެވެ. އެއށްފަހު މ ދެން ގޮއްވައިލަނީއެވެ.
މިއީ ފަރުބަދަތައް ވެސް ގޮއްވާލާ ބާރުގަދަ ބޮމެކެވެ. ބޮޑެތި ޓަނަލް ތަކާއި ބަންކަރުތައް ފުނޑުފުނޑު ކޮށްލާ ބޮމެކެވެ. މި ބޮން ގޮއްވައިލީމާ ހީވަނީ ނުރައްކާތެރި ބޮޑު ބިންހެލުމެއް އަންނަހެންނެވެ.
2025 އަހަރު ވައްޓާލައި ނުގޮވި ބޮމަކުން އެމެރިކާގެ އެންމެ ބާރުގަދަ ބޮމުގެ ޓެކޮނޮލޮޖީ އީރާނުން ހޯދައިފި
ގުޅޭ ލިޔުންތައް
ކޮމެންޓް