ހަބަރު

ރައީސް ނަސީދު ލ. ގަމުގައި ނުޖޫމީ އިލްމް އެއްކުރާ ދިގު ޓަވަރަކާއިއެކު އާދަޔާ ހިލާފް އުސް ގެކޮޅެއް އިމާރާތް ކުރަން ފައްޓަވައިފި

ރައީސް ނަސީދު ލ. ގަމުގައި ނުޖޫމީ އިލްމް އެއްކުރާ ދިގު ޓަވަރަކާއިއެކު އުސް ގެކޮޅެއް އިމާރާތް ކުރަން ފައްޓަވައިފި އެވެ.

ލާމް ގަމު މަތިމަރަދޫ އަވަށުން މާލޭ މީހުންނަށް ގޯތި ދޫކޮށްފައި ހިސާބުގައި އަތިރިމައްޗާއި ދުރުނޫން ހިސާބެއް އޮންނަ ރައީސް ނަސީދުގެ ގޯތީގައި ބިނާ ކުރަމުންދާ މި އާދަޔާހިލާފް ގެކޮޅުގެ ކޮންކްރިޓްގެ މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ.

މި އާދަޔާ ހިލާފް ގެކޮޅު ދެ ބުރިއަށް އިމާރާތް ކުރަމުން ގެންދެވިނަމަވެސް ގެކޮޅާއި ގުޅިފައިވާ މި އާދަޔާ ހިލާފް ނުޖޫމީ އިލްމް އެއްކުރުމަށް ބިނާ ކުރާ ޓަވަރު ވަނީ ރަށުގެ ގަސްކަރަމަތިން އޮބާލާފަ އެވެ. މިޓަވަރުގެ 6 ފަންގިފިލަށް ބިނާ ކުރެވިފައިވާއިރު 7 ވަނަ ސީޓަކީ ޓެރަސް ފްލޯއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާގެ ގެސްޓް ހައުސް އާއި މައިޒާން އަލިބެ އާއި މާޒިޔާ އަހުމަދާއި ޅޮހީގެ މާހިރުމެންފަދަ ބޭފުޅުންގެ ގެކޮޅުތަކާއި ދުރުނޫން ހިސާބެއްގައި ބީޗު ފްރޮންޓަށް ބިނާ ކުރާ މި ގެކޮޅަކީ ރައީސް ނަސީދު އަމިއްލަފުޅު ގޯތީގައި އިމާރާތް  ކުރާ ބިނާ އެކެވެ.


ކޮމެންޓް