ހަބަރު

އެމްޑީޕީ ކޮލަމާފުށީ ދާއިރާގެ ނައިބު ރައީސް، 1 ކިލޯ ޑްރަގާއިއެކު މޫދުން ފުލުހުން އަތުލައިގެންފި

އެމްޑީޕީ ކޮލަމާފުށީ ދާއިރާގެ ނައިބު ރައީސް ޑްރަގާއިއެކު މޫދަށް ފުންމާލުމުން ވެސް ފުލުހުން އަތުލައިގެންފި އެވެ.

އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކިލޯއަކަށް ވުރެ ގިނަ ޑްރުގާއިއެކު ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ, އާރާދަނާ, އައްސަދު އަލީ އެވެ.

ފުލުހުން މީނާ ހައްޔަރުކޮށްފައި ވަނީ ޑްރަގް ބޯ މީހުންނާއި އޭގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދުމަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ނެވެ.

އެމްޑީޕީ ކޮލަމާފުށީ ދާއިރާގެ ނައިބް ރައީސް ޑްރަގާއިއެކު ހައްޔަރުކޮށްފައިވާއިރު މިދާއިރާގެ ރައީސަކީ ލޯޔަރ މަހްފޫޒު ސައީދެވެ.


ކޮމެންޓް