ހަބަރު

އިންތިހާބަކާ ނުލައި ދިއްދޫ އަދި މަންދޫ އިތުރުން ބާރަށު ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބިއްޖެ

އިންތިހާބަކާ ނުލައި އދ. ދިއްދޫ އަދި އެ އަތޮޅު މަންދޫ ކައުންސިލް ރައީސްގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީއަށް ލިބިއްޖެއެވެ.

ދިއްދޫ އަދި މަންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި، ޕީއެންސީއަށް ލިބުނީ އެ ގޮނޑިތަކަށް އިތުރު ބަޔަކު ކުރިމަތިލާފައި ނުވާތީއެެވެ.

މީގެ އިތުރަށް އިތުރު ބަޔަކު ކުރިމަތި ނުލާތީ ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތަކަކާއި ދިއްދޫ ކައުންސިލްގެ އަންހެނުންގެ ހާއްސަކޮށްފައި އޮތް ގޮނޑި ވެސް ޕީއެންސީއަށް ވަނީ ކަށަވަރުވެފައެވެ. 

އެނގިފައިވާގިތުން މަންދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުވެ ވަޑައިގަތީ މިހާރު ވެސް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދެވެ. އަދި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ދެ ގޮނޑި ޕީއެންސީއަށް ލިބުނު އިރު އެ ގޮޑިތައް ކަށަވަރުކުރެއްވީ ޕީއެންސީ ޓިކެޓުގައި ނުކުންނެވި ސާމިޔާ ހުސެއިނާއި އައިޝަތު އިޝާމާއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތީ މިހާރު ކައުންސިލް މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަނީސް މުހައްމަދެވެ. 

ދިއްދޫ ކައުންސިލްގެ އަންހެނުންގެ ހާއްސަ ގޮނޑިއަށް އިންތިހާބުވެފައިވަނީ ހަމަ އެ ޕާޓީގެ ޓިކެޓުގައި ނުކުންނެވި އުންމުހާނީ ހުސެއިނެވެ. އަދި ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއަށް އިންތިހާބުވީ އަސްމާ ސައުދެވެ.

އިންތިހާބަކާ ނުލައި ބައެއް ގޮޑިތައް ޕީއެންސީން ކަށަވަރުކޮށްފައިވާއިރު، މިފަހަރުގެ އިންތިހާބުގައި އެޕާޓީގެ ފަރާތުން ރެކޯޑު އަދަދަކަށް ކެންޑިޑޭޓުން ވާދަކުރެއެވެ.


ކޮމެންޓް