ހަބަރު

ހޭވައްލާ ހުސިޔާރު، ރޯދައަށް މަސްދަޅު ބަހަން ތައްޔާރުވެއްޖެ

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސްތައް ވަރަށް އަވަހަށް ބަހަން ފަށާނެކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އިން ބުނެފިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް މި އަހަރު 118,977 މަސްދަޅު ކޭސް ބޭނުންވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އޭގެތެރެއިން މިހާތަނަށް ނުނިމި ވަނީ 3,899 ކޭސްކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ. 

މިނިސްޓްރީން ބުނީ މި އަހަރު ވެސް މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އާއި އެސްޓީއޯ އިން ކައުންސިލްތަކާ ގުޅިގެންނެވެ. އެގޮތުން އުތުރާއި ދެކުނުގެ ރަށްތަކަށް ފަސޭހައިން މަސްދަޅު ކޭސް ބެހުމަށް ހދ. ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ހިތަދޫ ޕޯޯޓުގައި ގުދަންކޮށްފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ. 

މީ ރޯދަ މަހު ސަރުކާރުންދޭ މަސްދަޅު ކޭހުގެ އިތުރުން އެމަހުގެ އެއްވެސް ގެއެއްގެ ކަރަންޓް ްބިލް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކަށް މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހަދިޔާކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ޖުމްލަ 111،231 މަސްދަޅު ކޭސް ސަރުކާރުން ހަދިޔާކޮށްފައިވެ އެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި ރަށްރަށުގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.


ކޮމެންޓް