ހަބަރު

ދީނީ އިލްމުވެރިޔާ ޝެއިހް އަޒީބެއަށް ސްޓްރޯކެއް ޖެހި ފަރުވާދެނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ، އައްޝައިޚު އަބްދުލް އަޒީޒް ހުސައިން ( އަޒީބެ) އަށް ސްޓްރޯކެއް ޖެހި ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒީބެއަށް މިވަގުތު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެވެމުންނެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. 

އަޒީބެގެ ފިރިހެން ދަރިކަލުން، ޝައިހް އަހްމަދު ކުމައިލްވަނީ ބައްޕައަށް ސްޓްރޯކެއް ޖެހި ފަރުވާ ދެވެމުން އަންނަކަން ސޯޝަލް މީޑިއާގައި ހާމަ ކުރައްވާފައެވެ.

"އަޅުގަނޑުގެ ލޮބުވެތި ބައްޕަ ( އައްޝައިޚު އަބްދުލް އަޒީޒް ހުސައިން ( އަޒީބެ) އަށް ސްޓްރޯކެއް ޖެހި މިވަގުތު ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުން. ތިޔަ އެންމެ ބޭފުޅުންގެ ހެޔޮ އިޚްލާޞްތެރި ދުޢާގައި ބައްޕަ ޝާމިލްކޮށް ދެއްވުން އެދެން".

އަޒީބެއަކީ ދިވެހިންގެ މެދުގައި މަގުބޫލް ޝެއިހެކެވެ. 

ޒަމްޒަމް ހައްޖު އެންޑް ޓްރެވަލް ގްރޫޕުން މި ހަފްތާގައި އާއްމުކޮށްފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި އަޒީބެ އުޅުއްވީ އުމްރާވެރިންނާއެކު ސައުދީ އަރަބިއްޔާގައެވެ. 

އަޒީބެއަށް ފަރުވާ ދެވެމުންދަނީ އައިޖީއެމްއެޗްގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 


ކޮމެންޓް