ހަބަރު

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ ރިޓަޔާ ކުރައްވަނީ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލްކަން ގިނަ އަހަރުތަކެއް ވަންދެން ފުރުއްވި މައިމޫނާ އަބޫބަކުރު ހިދުމަތުން ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއިން 1990ވަނަ އަހަރު ހިދުމަތަށް ނުކުންނެވުމަށްފަހު ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މައިމޫނާވަނީ ދައުލަތަށް ސިއްހީ ދާއިރާގެ އެކި މަޤާމުތައް ފުރުއްވާފަ އެވެ.

މައިމޫނާ، އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެއްވީ 17 ނޮވެމްބަރު 2016ގައެވެ. މައިމޫނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޮވިޑް-19ގެ ދުވަސްވަރުއެވެ. 

އެނގިފައިވާ ގޮތުގައި، މި ވަގުތު ޗުއްޓީގައި ހުންނެވި މައިމޫނާ، ސަރުކާރުން ވަކިވެވަޑައިގަންނަވާނީ މި މަހުގެ 29 ހިސާބުގައި އާލީ ރިޓަޔާމަންޓަކުންނެވެ. 

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުން ރިޓަޔާކުރެއްވި ނަމަވެސް ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ މުހިއްމުކަންކަމުގައި، ބޭނުންވާ ޙާލަތްތަކުގައި ހިދުމަތްކުރެއްވުމުގައި މައިމޫނާ ދެމިހުންނަވާނެކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.


ކޮމެންޓް