ބޭރުދުނިޔެ

އެމެރިކާއިން ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްރުކޮށްފި

އެމެރިކާއިން ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްރުކޮށްފި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްއަށް ރޭގެ ދަންވަރުގެ ވަގުތެއްގައި އެމެރިކާ ސިފައިން ދިން ހަމަލާއާ ބެހޭ ގޮތުން މިއަދު ސޯޝަލް މީޑިއާގައި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އެ ގައުމުގެ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަދޫރޯ ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި މަދޫރޯ އާއި އެކު އޭނާގެ އަންހެނުން ވެސް ވަނީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

ޓްރަމްޕުގެ އަމުރަށް ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން އެކި އޮޕަރޭޝަންތައް ހިންގަމުން ދާއިރު މިދިޔަ ހަފްތާގައި ޑޮކިން އޭރިއާއަކަށް ޑްރޯނުން ހަމަލާ ދީފައިވެ އެވެ.

އަދި ރޭ ވަނީ ވެނެޒުއޭލާގެ ވެރިރަށް ކަރާކަސް އަށް ވެސް ހަމަލާ ދީފަ އެވެ. މިއީ އެމެރިކާގެ ހަމަލާއެއް ކަމަށާއި އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ބޭނުންކުރާ ތަނަކަށް ދިން ހަމަލާއެއް ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް އެއްވެސް ގައުމަކުން މި ހަމަލާއާ ބެހޭ ވާހަކައެއް ރަސްމީކޮށް ދައްކާފައެއް ނުވެ އެވެ.


ކޮމެންޓް