ހަބަރު

ބިދޭސީންގެ މާރާމާރީއެއް، ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހ. ވައިޖެހޭ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާފައިވާ ކަމަށެވެ. މާރާމާރީގެ ރިޕޯޓް ފުލުހަށް ލިބުނީ ރޭ 11:23 ހާއިރު އެވެ.

އެ ރިޕޯޓާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ ދެ ބިދޭސީން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާއިރު އެ ތަނުގައި 10 ވަރަކަށް ބިދޭސީން އުޅޭ ތަން ފެނެ އެވެ. އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައި ވަނީ ހެންވޭރުގައި ހުންނަ ކެފޭއެއްގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.


ކޮމެންޓް