ހަބަރު

މަންޑޭ 397 އަހަރަށް ޖަލަށް

ކޭޕާކު ހިޔާނާތާ ގުޅިގެން ހަސަން މަމްދޫހު، މަންޑޭ 397 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

މަންޑޭގެ މައްޗަށް 397 އަހަރުގެ ހުކުމެއް އައީ  ކްރިމިނަލް ކޯޓުގައި 94 ދައުވާ ސާބިތުވެގެންނެވެ. 

މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތައް:

1. ޓެކުން (46 ދައުވާ)

2. އޮޅުވާލުމުގެ ޢަމަލެއް ކުރުން (44 ދައުވާ)

3. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން (3 ދައުވާ)

4. މަނީ ލޯންޑްރިން (1 ދައުވާ)

މި މައްސަލަތަކާ ގުޅިގެން މަންޑޭގެ ޕާޓްނަރު ޖައިޝަމް 159 އަހަރަށް ޖަލަށްލާންވެސް މިއަދު ހުކުމް ކުރިއެވެ. 


ކޮމެންޓް