ހަބަރު

ވެމްކޯއިން ކުނި އުކާލުމުގައި ކުދި ވިޔަފާރިތަކުން ނަގާ ފީ ކުޑަކުރަން ނިންމައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުނި އުކައިދިނުމަށް ނަގާ ފީއަށް، އަންނަ ފެބްރުއަރީ މަހުން ފެށިގެން ލުއި ދޭން ނިންމާފައިވާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ގެނެވޭ ބަދަލެއް ކަމަށެވެ.

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިހާރު ނަގަމުންދާ ފީތަކަށް އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.

އަދި މިވަގުތު އެސްއެމްއީތަކުން ނަގަމުންދާ ފީތައް ކުޑަކުރުމަށް ވަކި ބޭންޑްތަކެއް ތަޢާރަފްކުރުމަށް މަޝްވަރާކުރަމުންދާ ކަމަށްވެސް ވެމްކޯއިން ބުންޏެވެ. އެ މަޝްވަރާތަކަށްފަހު ކަނޑައެޅޭ ބެންޑުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރިތަކަށް އެނގޭނެހެން އިއުލާންކުރާނެ ކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާއާ ގުޅޭގޮތުން ކުރިޔަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ރަނގަޅު ކުރަން ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާ ކުރައްވައި ގިނަ ކަންތައްތަކެއް ވަނީ ނިންމައިފަ އެވެ.


ކޮމެންޓް