ހަބަރު

މާލޭގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ ކައުންޓަރ ނަރކޮޓިކްސް އިންޓެލިޖަންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ސާފުވަމުންދާ މިންވަރަކުން ހިއްސާކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި އޮޕްރޭޝަން ހިންގާފައި ވަނީ މާލޭގެ ރައްދެބައިމަގުގައެވެ. އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރީ ފިރިހެނުންތަކެކެވެ.


ކޮމެންޓް