ހަބަރު

މިއަހަރު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ޒިއާރަތް ކުރީ ޗައިނާއިން ކަމަށް ދައްކައިފި

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު 3 ލައްކައަށް ވުރެ އިތުރުވެއްޖެއެވެ.

ޗައިނާ މާކެޓުން ރާއްޖެއަށް 322،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު އެއީ ރާއްޖެއަށް އައި ޓޫރިސްޓުންގެ 15 އިންސައްތައެެވެ.


ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައް:

ޗައިނާ: 322،000 ފަތުރުވެރިން

ރަޝިއާ: 265،112 ފަތުރުވެރިން

އިނގިރޭސިވިލާތް: 191،763 ފަތުރުވެރިން

ޖަރުމަނުވިލާތް: 160،051 ފަތުރުވެރިން

އިޓަލީވިލާތް: 138،584 ފަތުރުވެރިން

އިންޑިއާ: 125،510 ފަތުރުވެރިން

އެމެރިކާ: 61،987

ފްރާންސް: 54،274 ފަތުރުވެރިން

ސްޕެއިން: 52،863

އޮސްޓްރޭލިއާ: 40،490

ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2،127،705 އަށް އަރާފައެވެ. މިއީ މިދޮޔަ އަހަރާ އަޅާ ބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.


ކޮމެންޓް