ހަބަރު

ސަރުކާރުގެ ބައެއް އިދާރާތަކުގެ ރަސްމީ މުޢާމަލާތްތަކަށް ބޭނުންކުރުމަށް ވަކި ނަންބަރުތަކެއް ކަނޑައަޅުއްވައިފި

ދިވެހި ސަރުކާރުގެ ބައެއް އިދާރާތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރާނެ ވަކި ނަންބަރުތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މީގެތެރޭގައި ސަރުކާރުގެ އެންމެހައި ސްކޫލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އިޖުތިމާޢީ އަދި ޢާއިލީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ކަަނޑަޅުއްވާފައިވާ ނަންބަރުތައް ހިމެނެއެވެ.

މީގެ އިތުރުން މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް، ޤައުމީ ދާރުލްއާސާރު އަދި ނޭޝަނަލް އާޓް ގެލެރީވެސް މީގެތެރޭގައި ހިމެނެއެވެ. މި އިދާރާތަކަށް ކަނޑައަޅުއްވާފައިވާ ނަންބަރުތައް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކުރައްވާފައިވާ ދެންނެވުމުގައި ވަނީ ހިމަނާފައެވެ.

މިއާއިއެކު، މިތަންތަނަށް ލިޔުއްވާ ސިޓީގައި އެ ނަންބަރުތައް ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގަވާފައެވެ.

ސިޓީގައި ޖެހުމަށް މުއައްސަސާތަކަށް އަލަށް ކަނޑައަޅައިފައިވާ ނަންބަރުތައް 691 އިން ފެށިގެން 1135އާ ހަމައަށް ވެއެވެ.


ކޮމެންޓް