ހަބަރު

ސިނގިރޭޓު ވައްކަން: 11 މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

އެމްޕީއެލް ބަނދަރުގއި ހުއްޓާ ވަގަށް ނެގި ސިނގިރޭޓް ކޮންޓެއިނަރުގެ މައްސަލާގައި ހައްޔަރުކުރި 11 މީހަކަށް ދައުވާކުރުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.


މި މައްސަލާގައި ހިމެނުނު މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު މި މައްސަލާގައި ހިމެނުނު ރާއްޖޭގެ ދެ ވިޔަފާރިވެރިންކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) މިއަދު ވަނީ ބަންދުން ދޫކޮށް މިނިވަންކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ހިމެނޭ 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި މިމަހުގެ ތިންވަނަ ދުވަހު ފުލުހުން އެ އޮފީހަށް ހުށައަޅާފައިވާކަމަށެވެ. އަދި މީހާރު ދަނީ ދައުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންކަމަށާއި ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. 

މި މައްސަލާގައި މިހާރު ބަންދުގައި ތިބި މީހުން 

މުއާޒު އަލީ، ހ. ނިއުހެޕިނަސް (މިފްކޯގެ ޖެނެރަލް މެނޭޖަރު)
ޒިވާރު އިސްމާއިލް، މެދުރީގެ / ހދ. ވައިކަރަދޫ (ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް.
އަހުމަދު ޝަހީމް، ނޫރަލީގެ/ހދ. ވައިކަރަދޫ (އެމްޕީއެލްގެ މުވައްޒަފެއް)
އަހުމަދު ފިރުސާން، ހ. ރުމޭނިޔާ (އެމްޕީއެލްގެ މުވައްޒަފެއް)
ހުސައިން ސާމިހު، ޗާނދަނީގެ/ސ. ހިތަދޫ (އެމްޕީއެލްގެ މުވައްޒަފެއް)
އާދަމް ވަހީދު، ކެނެރީގެ /ނ. މިލަދޫ (ކޮންޓެއިނަރު ގެންދިޔަ ދޯނީގެ ކައްޕި)
މުހައްމަު އަލަމިން މިއާ، ބަންގްލަދޭޝް



ވަގަށް ނެގި ސިނގިރޭޓް ކޮންޓެއިނަރުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހަކު ކުށަށް އިއުތިރާފުވެފައިވާކަން ވަނީ އެނގިފައެވެ. އެއީ މި މައްސަލާގައި ހިމެނޭ އެމްޕީއެލްގެ ދެ މުވައްޒަފުންނެވެ.


ކޮމެންޓް