ހަބަރު

ޕީއެސްއެމްގެ އެމްޑީއަކަށް ޝަކީބެ އައްޔަންކޮށްފި

ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ޓީވީ ޕްރެޒެންޓަރު އަހްމަދު ޝަކީބް އައްޔަން ކޮށްފިއެވެ.

ޝަކީބަކީ މި ދައުރުގެ ތެރޭގައި މި މަގާމަށް އައްޔަންކުރި 4 ވަނަ އެމްޑީއެވެ. 

ޝަކީބެއް ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަންކޮށްފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނަސްރީނު މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ މަގާމުން ކުއްލިއަކަށް އިސްތިއުފާ ދިނުމުންނެވެ. އެހެންނަމަވެސް ނަސްރީނު މަގާމުން އިސްތިއުފާދިން ސަބަބެއް ހާމައެއް ނުކުރެއެވެ.

ގިނަދުވަސްތަކެއް ވަންދެން ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޝަކީބު ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަންކުރި އިރު އޭނާ އަންނަނީ ރައީސް މުއިއްޒާއި އެކު ރައްޔިތުންނާއި އެކު ނަމުގައި ދޭތެރެ ދޭތެރެއިން ޕޮޑްކާސްޓެއް ގެނެސްދެމުންނެވެ. 

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދިން، އިބްރާހީމް ނަސްރީނަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފައެވެ.


ކޮމެންޓް