ދިވެހި އާގު ބޯޓު ކުންފުނި އެމްއެސްއެސްގެ ''ގަލޭނާ'' ދިވެހިން ހަދިޔާ ކުރާ މަސްދަޅު ކޭސްތަކާއިއެކު ލަންކާ ފުރައިފި އެވެ.
މާލޭ ވިޔަފާރި ބަދަރުން އެބޯޓުން ފުރާފައި ވަނީ 25000 ކޭސް މަސްދަޅު ބަރުކޮށްފައި 14 ކޮންޓޭނާއި އެކުގަ އެވެ. މިދަތުރު ހަމަޖެހިފައި ވަނީ މާލޭ ވިޔަފާރި ބަދަރުން ޕޯޓް އޮފް ކޮލޮމްބޯ އަށެވެ.
އައްވައްޓެރި ސްރީލަންކާއަށް ދިމާވެފައިވާ ފެންބޮޑު ވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ އާއި ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުން ގެންދަނީ ލަންކާއަށް ކެނޑިނޭޅި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިދަތުރު ފެށުމުގެ ގޮތުން އެސްޓީއޯގެ ސޯސިއަލް މީޑިއާ ޕްލެޓް ފޯމްތަކުގައި ބުނެފައި ވަނީ އެއްބައިވަންތަކަމާއި އޯގާތެރިކަން ދަމަހައްޓާ ޤައުމީ މަސައްކަތްތަކުގައި އެހީތެރިވުމަށް އެކުންފުނިން އަބަދުވެސް ތައްޔާރަށް މިތިބި ކަމަށެވެ.
🇲🇻🤝🇱🇰
ދިވެހިން ހަދިޔާ ކުރާ 25،000 ކޭސް މަސްދަޅުގެ 14 ކޮންޓޭނަރާއިއެކު ދިވެހި ސިޕިންގ ކުންފުނީގެ އާގްބޯޓެއް ލަންކާއަށް ފުރައިފި
ގުޅޭ ލިޔުންތައް
ކޮމެންޓް