ހަބަރު

ސިވިލްކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ އެކޯޓުގެ މުވައްޒަފުން ޖޭއެސްސީއަށް ހުށަހަޅައިފި

ސިވިލްކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ އެކޯޓުގެ މުވައްޒަފުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅައިފިއެވެ.

އެނގިފައިވާގޮތުން ކޯޓުގެ މުވައްޒަފުން ޖޭއެސްސީއަށް ހުށައަޅާފައިވަނީ ގާޒީ އަބްދުﷲ އިހުސާން އަދި ގާޒީ ހާފިޒާ އަބްދުއްސައްތާރު އާ ގުޅޭ މައްސަލަތަކެކެެވެ.

ގާޒީ އިހްސާނާއި ދެކޮޅަށް ޖޭއެސްސީއަށް ހުށައަޅާފައިވަނީ މުވައްޒަފަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަކައެކެވެ.

ގާޒީ ހާފިޒާއާ ގުޅޭ ގޮތުން މުވައްޒަފުން ހުށަހަޅާފައިވަނީ މުވައްޒަފުންނާ މުއާމަލާތްކުރާ ގޮތާއި އަމަލުތައް ބަހައްޓާ ގޮތުގެ މައްސަލަތަކެވެ. މި ގާޒީއާ ގުޅޭ މިފަދަ މީގެ ކުރިން ވެސް ޖޭއެސްސީއަށް ހުށަހެޅިއެވެ. އެހެންނަމަވެސް، އެ މައްސަލާގައި މުވައްޒަފުން ބަޔާން ނުދިނުމުން، މައްސަލަ ސާބިތެއް ނުވިއެވެ.

ސިވިލްކޯޓުގެ މުވައްޒަފުން ޖޭއެސްސީއަށް ހުށައެޅި މައްސަލަތައް ބަލަން ފެށިކަމެއް އަދި ސާފެއް ނުވެއެވެ.


ކޮމެންޓް