ހަބަރު

ކޮޅިގަނޑުތަކުން ރާއްޖެ ވަށައިލައި، 3 ދުވަހު ވިއްސާރަ ކުރާނެ: މެޓް

ކުރިޔަށް އޮތް ތިންދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ ބުނެފި އެވެ.

މެޓް އޮފީހުން މިއީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންނަމަވެސް ރާއްޖޭގެ ވަށައިގެން އެކި ވަރުގެ ކޮޅިގަނޑުތަކެއް އުޅޭކަމަށެވެ.

އެ އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި އޭގެ ފަހުން ބުދަ އަދި ބުރާސްފަތީގައިވެސް ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

ކުރިޔަށް އޮޔް ތިން ދުވަހު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެެކަކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން 10-20 މޭލަށް ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.


ކޮމެންޓް