ހަބަރު

ޖަލްސާއަށް އައި މީހުންނާއެކު މުޅި އާޓިފިޝަލް ބީޗް ސަރަޙައްދު ފުރާލައިފި

ކޮންގްރެސް ޕާޓީގެ "ދިވެހީންގެ ރާއްޖެ" ބިޔަ ބޮޑު ޖަލްސާއާއެކު މުޅި އާޓިފިޝަލް ބީޗް ސަރަހައްދު ފުރާލައިފި އެވެ.

ދިވެހިންގެ ރާއްޖެ ބޮޑު ޖަލްސާއަށް އަައި މީހުން ގިނަ ކަމުން އާޓިފިޝަލް ބީޗް ފުރި ހެންވޭރު ދަނޑާއި މަޖީދީ މަގުގެ ބައެއް ސަރަހައްދުތައްވެސް އޮތީ ފުރިފައެވެ.

މިހާރު ޖަލްސާ ފެށިގެން ކުރިއަށްދާއިރު މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވައެވެ.

މި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ތަގްރީރު ކުރައްވާއިރު ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތާ ވެސް ގުޅިގެން ބާއްވާ މި ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތެރެއިން ގިނަ ބަޔަކު މާލެ އައިސްފައިވެއެވެ.

އެމަނިކުފާނުގެ މިރޭގެ ތަގުރީރުގައި ވެރިކަމުގެ ދެ އަހަރު ކޮށްދެއްވުނު މަސައްކަތްތަކާއި، ކުރިއަށް އޮތް ތިން އަހަރު ސަރުކާރުން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވާނެ ކަމުގައި ބެލެވެއެވެ.


ކޮމެންޓް