ހަބަރު

ކަނޑުގެ ލޮނުގަނޑު މަތިން ދުއްވާ އުދުހޭ ބޯޓުތަކެއް ރާއްޖެ ގެންނަން ނިންމައިފި

ލޮނުގަނޑުގެ "މަތިން ދުއްވާ" ހައިޑްރޯފޮއިލް ބޯޓުތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މި ބޯޓްތަތަކަކީ އިލެކްޓްރިކް ބޯޓު އުފައްދާ، ސްވިޑެންގެ ކެންޑެލާ އިން ޑިޒައިންކޮށްފައިވާ ބޯޓުތަކެކެވެ. 

އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ "އިލެކްޓްރިވް" ވެބްސައިޓުގައި ބުނީ "ކެންޑެލާ ޕީ-ޓުވެލް" މޮޑެލްގެ 10 ބޯޓަށް ރާއްޖޭ ގެންނަން އޯޑަރު ދީދައިވާކަމަށެވެ. މި ބޯތުތައް ގެންނަނީ ޓުއާ އޮޕަރޭޓަރު އީގޯ ޝަޓުލް އިންކަމަށް އެ ވެންސައިޓުގައި ވެއެވެ. 

އަލަށް ރާއްޖެ ގެންނަ މި ބޯޓުތައް ދަތުރުކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ކައިރި ރިސޯޓުތަކާ ދެމެދުގައިކަމަށާއި މި ބޯޓުތައް ރާއްޖެ ގެނެސް އަންނަ އަހަރު ހިދުމަތް ފަށާނެ ކަމަށް "އިލެކްޓްރިވް" ވެބްސައިޓުގައި ވެއެވެ. 

ގަޑިއަކު 46 ކިލޯމީޓަރު ބާރަށް ދުއްވާ އެ ބޯޓުތަކަކީ އާދައިގެ ސްޕީޑް ބޯޓުތަކަށް ވުރެ ބާރަށް ދުވާ އަދި ގުޑުން ވެސް ކުޑަ ބޯޓުތަކެއްކަމަށް އެ ބޯޓް އުފައްދާ ކުންފުނިން ބުނެއެވެ. އަދި އެ ބޯޓުތައް ދުއްވާއިރު އޮންނާނީ ކަނޑުގެ ފެން ފަށަލައިގެ އެއް މީޓަރު އުހުގައިކަމަަށްވެސް އެ ކުންފުނިން ބުނެއެވެ.


ކޮމެންޓް