ހަބަރު

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިކަވާކޮށްފި

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ހެކްކޮށް ކްރިޕްޓޯ ކަރަންސީގެ ވިޔަފާރިއާ ގުޅޭ ސައްހަ ނޫން މައުލޫމާތުތަކެއް ބްރޯޑްކާސްޓްކުރުމުން ޔޫޓިއުބުން އެ ޗެނަލް ރިމޫވްކުރިތާ މަހެއްހާ ދުވަސް ފަހުން އަލުން އެޗެނަލް ޔޫޓިއުބުން ފެންނަ ގޮތް ހަދައިފިއެވެ.

ރައީސާއި ނައިބު ރައީސް އަދި ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވާ އިވެންޓްތައް ބްރޯޑްކާސްޓްކުރާ ޔޫޓިއުބް ޗެނަލް ހެކްކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒު މ.އަތޮޅަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވަނިކޮށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ހެކްވެފައި ވަނީ އެ ޗެނަލްގައި ބޭނުންކުރާ ޖީމެއިލް އެކައުންޓް ކޮމްޕްރޮމައިޒް ވެގެންނެވެ. ނަމަވެސް ޔޫޓިއުބް ޗެނަލް ހެކް ވާން މެދުވެރިވި ސަބަބެއް ސަރުކާރުގެ އެއްވެސް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.ފާއިތުވި މަހެއްހާ ދުވަހު ރައީސް ބައިވެރިވި އިވެންޓްތައް ބްރޮޑްކާސްޓް ކޮށްފައި ވަނީ ހަމައެކަނި ރައީސް އޮފީހުގެ އެކްސް އެކައުންޓުންނެވެ.

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލްއަކީ ރާއްޖޭގެ ހުރިހާ ރައީސުންގެ ވީޑިއޯ އާއްމުކޮށް ފެންނަ ރާއްޖޭގެ އެންމެ ބޮޑު އާކައިވްއެވެ.


ކޮމެންޓް