ހަބަރު

އޮކްޓޫބަރު 3ގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އިދިކޮޅު އެމްޑީޕީން މި މަހުގެ ކުރީކޮޅު ބޭއްވި އެއްވުމުން ހައްޔަރުކުރި އެ ޕާޓީގެ ހަ މެންބަރުން ބަންދުން މިއަދު ދޫކޮށްލައިފި އެވެ.

އެ އެންމެން ވެސް ދޫކޮށްލީ ތަހުގީގަށް އެއްބާރުލުމަށް ޝަރުތުކުރުމަށްފަހު އެވެ. ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކުރި ނަމަވެސް މުޒާހަރާއިން ހައްޔަރުކުރި ހުރިހާ އެންމެންގެ ވެސް ބަޔާން ނަގައި ނިމިފައިވާ ކަމަށް އެމީހުންގެ ގާނޫނީ ވަކީލުން ޓީމުން ބުންޏެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އަށް މީހުން ފުލުހުން ހައްޔަރުކުރި އެވެ. އެހެންނަމަވެސް އޭގެތެރެއިން ބަންދުގެ މުއްދަތު ކޯޓުން ޖެހީ ހަ މީހުންނަށެވެ. އެއީ:




ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް

އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާން

އަޒީމް އަލީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުالله

މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް

ހަސަން ޝާކިރު


ކޮމެންޓް