ހަބަރު

ވިއްސާރަވެ ކަނޑުތައް ވަރަށް ގަދަ، މުޅި ރާއްޖެއަށް އެލާޓް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބޮޑު ބަޔަަކަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:30 އިން މެންދުރުގެ 02:00 ޖެހުމާއި ހަަމައަށެވެ. މެޓް އޮފީހުން ނެރެފައިވާ އެލާޓްގެ ވަނީ މުޅި ރާއްޖެއަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަަމަށެވެ. 

މުޅި ރާއްޖެއަށް ވައިގަދަވެ ވިލާ ގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 

ހއ އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މެޓް އޮފީހުން ނެރެފައިވަނީ ޔެލޯ އެލާޓްއެވެ. 

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގގައި ރޭ ވަނީ ކޮޅު ވެއްޓިއެއް ބަންޑު ޖަހާލާފައެވެ. ހަތް މީހުންނާއި އެކު މާލެއިން ފުރައިގެން ދަތުރުކުރި މި ކޮޅު ވެއްޓިން 4 މީހަކު ސަލާމަތްކޮށްފައިވާއިރު އަނެއް ތިން މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 


ކޮމެންޓް