ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނަކުން ފޮޓޯ/ވީޑިއޯ ލީކުވިކަމަށް ކުރަނީ ތުހުމަތަކީ ދޮގެއްކަމަށަ ފުލުހުން ބުނެފިއެވެ.
ފުލުހުންނަށް އިންޒާރުދޭ މައްސަލާގައި ހިފެހެއްޓި ފޯނަކުން، އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވާ ފޮޓޯ/ވީޑިއޯ ލީކުވިކަމަށް ފޯނުގެ ވެރިފަރާތުން ވަނީ ފުލުހުންގެ މައްޗަށް ތުހުމަތުކޮށްފައެވެ.
ފުލުހުންގެ މައްޗަށް މިތުހުމަތުކުރި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެކެވެ.
މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. އަދި ހެކީގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭތަކެތި ބަލަހައްޓަނީ ބައިނަލްއަގްވާމީ މިންގަނޑަށްކަމުގެ ޔަގީންކަން އެެެއިދާރާއިން ވަނީ ދީފައެވެ.
ފުހުން ބުނެފައިވާ އެ އިދާރާގެ ބެލުމުގެ ދަށުގައި އޮންނަ ފޯނަކުން އެއްވެސް މައުލޫމާތެއް ލީކުވުމުގެ ފުރުސަތު ނޯންނާނެކަމަށެވެ. އަދި ފުލުހުންގެ މައްޗަށްކޮށްފައި ވަނީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތުތަކެއް ކަމަށް ވެސް ބުނެފަވެއެވެ.
ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނަކުން ފޮޓޯ/ވީޑިއޯ ލީކުވިކަމަށް ކުރަނީ ދޮގު ތުހުމަތެއް: ފުލުހުން

ގުޅޭ ލިޔުންތައް
ކޮމެންޓް