ހަބަރު

ގައުމީ ގުރުއާން މުބާރާތުގެ 1 ވަނަ ހާފިޒަކަށް 75000 ދޭން ސަރުކާރުން ނިންމައިފި

ޤައުމީ ޤުރްއާން މުބާރާތުގެ ވަނަތަކަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އިނާމުތައް ޢާންމުކޮށްފި އެވެ.

އެ ވުޒާރާ އިން އެކަން އާންމުކޮށްފައި މިވަނީ ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގު ބޮޑު، އަދި އެންމެ ބޮޑެތި އިނާމުތައް ދެވޭ މުބާރާތަށް ހެދުމަށް ރައީސް ނިންމެވުމާއި ގުޅިގެންނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ ޤުރުއާން މުބާރާތުން ޙާފިޒުންގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނައަށް އަންނަ ބައިވެރިއަކަށް 75,000.00ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ކޮންމެ ގޮތްޕަކުން ދެ ވަނައަށް އަންނަ ބައިވެރިއަކަށް 50,000.00ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފަ އެވެ.

ކޮންމެ ގޮތްޕަކުން ތިން ވަނައަށް އަންނަ ބައިވެރިއަކަށް 35,000.00ގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެ އެވެ.

ޤައުމީ ޤުރްއާން މުބާރާތުގެ މައި އިނާމުގެ ގޮތުގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އިނާމުތަކެވެ. ވުޒާރާގެ އިނާމުތަކަކީ އިތުރަށް ދެވޭ އިނާމްތަކެވެ. މީގެ އިތުރަށް އުމްރާދަތުރުތައް ވެސް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.



ރައީސްގެ ސްކޮލާޝިޕެއް, އެއްވަނައަށް އެއްލައްކަ

ޤައުމީ ޤުރުއާން މުބާރާތުގައި އެކި ގޮފިތަކުން މަތީ ވަނަތައް ހާސިލުކުރާ ބައިވެރިންނަށް ޕީއެޗްޑީއާ ހަމައަށް ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ލިބޭ ހާއްސަ ސްކޮލާޝިޕުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނުކުރައްވައިފަ އެވެ.

އެގޮތުން ޤުރުއާން މުބާރާތުގެ ތިން ބައި ކަމުގައިވާ ބަލައިގެން ކިޔެވުމުގެ ބައާއި، ނުބަލައި ކިޔެވުމުގެ ބައާއި، ހާފިޒުންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިންނަށް އެ ބައިވެރިޔަކު މަތީ ތައުލީލު ހާސިލުކުރަން ބޭނުން ދާއިރާއަކުން، ޕީއެޗްޑީއާ ހަމައަށް، ބޭނުންވާ ގައުމެއްގެ ޔުނިވަސިޓީއަކުން ތައިލީމު ހާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕެއް ދެއްވާނެކަން އިއުލާނުކުރެއްވި އެވެ.

ތިން ބައިން އެއްވަނައަށް ދާ ބައިވެރިންނަށް ދެއްވާ ރައީސްގެ ހާއްސަ ސްކޮލާޝިޕުގެ އިތުރަށް ތިން ބައިން އެއްވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ މުއައްސަސާއަކށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުގެ ތެރޭގައި 100،000 ރުފިޔާ ހިމެނުއްވުމަށް ރައީސްވަނީ ނިންމަވާފައެވެ.


ކޮމެންޓް