ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކައިން ހިންގި 2.2 ބިލިއަން ރުފިޔާގެ ބޮޑު ވައްކަން ފަޅާ އަރައިފިއެވެ.
އޮޑިޓް އޮފީހުން ނެރުނު ފެނަކައިގެ 2021 އިން ފެށިގެން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިން ހިންގިކަން ސާބިތުވާ ހިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ.
އެގޮތުން އެމްޑީޕީގެ ސަރުކާރުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކި ފަރާތްތަކާއި އެކު 674 އެއްބަސްވުން ހަދާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބިޑަކާއި ނުލާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ. ހަމައެކަނި ކަރަންޓް ކޭބަލް ގަތުމަށް ވެސް 790 މިލިއަން ރުފިޔާގެ ވައްކަން ކޮށްފައިވާއިރު، ޖެނެރޭޓަރު ސެޓް ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން ކޮށްފައިވާ ކަމަށް ވެސް އޮޑިޓުން އެނގެއެވެ.
އޮޑިޓުން ފާހަގަ ކުރި އިތުރު ކަންކަން:
ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން
ފެނާއި ނަރުދަމާ މަޝްރޫއު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން
ހަމައެކަނި ފެނަކައިގެ މި ވައްކަން، 1990 ގައި ފަޅާއެކު އެފްޕީއައިޑީއާ 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ވައްކަމަށްވުރެ މާ ބޮޑު.
އޮޑިޓުން ދައްކާ ގޮތުގައި 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އިން-ހައުސްކޮށް ފެނަކައިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ ބޭނުމަށް މުދަލާއި ތަކެތި އެއް ރަށުން އަނެއް ރަށަށް ފޮނުމުގެ މަސައްކަތް ކުރުމަށް މުދާ އުފުލާ ދޯނި ފަހަރާއި ލޭންޑިން ކްރާފްޓް ކުއްޔަށް ހިފުމަށާއި އެ މަސައްކަތްތައް ހަވާލު ކުރުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ 612 އެއްބަސްވުމެއްގެ ދަށުން ޖުމްލަ 191،602،363 ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 344 އެއްބަސްވުމުގެ ދަށުން މުދާ އުފުލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާކެޓް އަގުތަކަށްވުރެ ބޮޑު އަގުގައި ކަމަށާއި އެއީ ގާތްގަނޑަކަށް 47،546،407 ރުފިޔާ ކަމަށް ވަނީ ބުނެފައެވެ.
އިންޖީނުގެއާއި އޮފީސް އިމާރާތް ކުރުމަށާއި އެފަދަ ތަންތަން އިތުރަށް ތަރައްގީ ކުރުމަށް އިން-ހައުސް ޕްރޮޖެކްޓްތަކުގެ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކުގައި މަސައްކަޔތް ކުރި ވަގުތީ މުވައްޒަފުންނަށް ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ފެނަކަ ކޯޕަރޭޝަނުން އެކި ފަރާތްތަކާ ހަވާލުކޮށްފައިވާއިރު، ބައެއް ރަށްރަށުގައި ހިންގަމުން ގެންދިޔަ ޕްރޮޖެކްޓްތަކުގެ މަސައްކަތާ ހާޒިރުވި މުވައްޒަފުންގެ އަދަދަށްވުރެ އިތުރަށް ކެއުމުގެ ހަރަދަށް ޗާޖްކޮށްފައިވާ ކަމަށާއި އެގޮތުން ކޭޓަރިންގެ ހަރަކަށް ހޭދަވާ ވަރަށްވުރެ އިތުރަށް 14،234،950 ރުފިޔާ ދީފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެމްޑީޕީ ސަރުކާރުގައި ފެނަކައިން ހިންގި 2.2 ބިލިޔަން ބޮޑު ވައްކަން ފަޅާއަރުވާލައިފި
ގުޅޭ ލިޔުންތައް
ކޮމެންޓް