ހަބަރު

ގއ. ކައުންސިލް ކުރީގެ މެމްބަރ ސިވާސް މާމެންދޫ ކައުންސިލް ރައީސަށް ހަމަލާދީ ޒަހަމް ކޮށްލައިފި

ގއ. އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު ސިވާސް ސޯބިރު މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒީޒަށް އަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވާސް އަޒީޒަށް ހަމަލާދީފައި ވަނީ ކައުންސިލް މެމްބަރަކަށް އުޅޭ ސިވާސްގެ އަންހެނުންނާއި ކައުންސިލް ރައީސް އާއި ކައުންސިލްގައި ޖެހިގެން އުޅޭ އިދާރީ މައްސަލައަކާއި ގުޅިގެން ނެވެ.

މާމެންދޫން ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލް ރައީސް ބަދަރުމަތީ ހުއްޓައި ހަމަލާދީ މާރާމާރީ ހިންގީ ކަމަށެވެ.

''އަންހެނުންނަށް ކައުންސިލް ރައީސް ޖެއްސުން ކުރަނީ އޭ ކިޔާފަ ބަނދަރުމަތީ ހުރި ވައި ކުއެންޗް ރެސްޓޯރަންޓް ކުރިމަތީ މީހަކާއި ވާހަކަދައްކަން ސައިކަލު މަތީ އިންދާ ސިވާސް އައިސް އަޒީޒުގެ ކަންކަށިމަތީ ޖަހާފައި ދިޔައީ.'' އޭނާ ކިޔައިދިނެވެ.

ހަމަލާއާއި ގުޅިގެން އަޒީޒަށް މާމެންދޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.


ކޮމެންޓް