ހަބަރު

ނޫސްވެރިިކަމުގެ އަސާސަކީ ތެދު މައުލޫމާތު ފެތުރުން، ރާއްޖޭގެ ނޫސްތަކުން ފާޅު ކުރަނީ ހިޔާލު: އިބްރާ

ނޫސްވެރިިކަމުގެ އަސާސަކީ ތެދު މައުލޫމާތު، ރާއްޖޭގެ ނޫސްތަކުން ފެންނަނީ ހިޔާލުފާޅު ކުރުން ކަމަށް ގާނޫނު އަސާސީ އެކުލަވާލި ކޮމެޓީގެ މުގައްރިރު އިބުރާހިމް އިސްމާލު (އިބްރާ) ވިދާޅުވެއްޖެ އެވެ.

މީޑިއާ ރެގިއުލޭޓް ކުރުމާއި ބެހޭ ބިލް ތަސްދީގު ކުރުމާއި ގުޅިގެން މީޑިއާގެ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ގެންދާއިރު އިބްރާ އޭނާގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމަކީ ވަރަށް ތިމާގެ ދެކަން ކަމަށެވެ.

''ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ނޫސްވެރިކަމުގެ މިނިވަންކަމާ އެއީ ވަރަށް ތިމާގެ ދެކަންތަކެވެ. ނަމަވެސް އެއީ އެއްކަމެއްނޫނެވެ. ނޫސްވެރިކަމުގެ އަސާސަކީ ޞައްޙަ މަޢުލޫމާތެވެ. ޚިޔާލު ފާޅުކުރުމުގެ އަސާސަކީ ސުވާލު އުފައްދަނިވި ނަޒަރަކުން ފުންކޮށްވިސްނުމެވެ. ރާއްޖޭގައި ނޫސްތަކުން ގިނައިން ފެންނަނީ ޚިޔާލު ފާޅުކުރުމެވެ.'' އެމްޑީޕީގެ ފުރަތަމަ ރައީސްކަން ކުރައްވާފައިވާ އިބުރާ ފޭސްބުކުގައި ލިޔުއްވާފައިވެ އެވެ.


ކޮމެންޓް