ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިއްކަމުންދިޔަ ބިދޭސީއަކު ގިނަ އަދަދެއްގެ ފައިސާއާއެކު ފުލުހުން އަތުލައިގެންފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 32 އަހަރުގެ އެމްޑީ ސައްދާމު ހުސެއިނެވެ.
ފުލުހުން ބުނީ މިއަދު ހުޅުމާލެ ފޭސް އެކެއްގެ ކަންނެލި ޖެޓީ ކައިރިން ދިޔަ ބިދޭސީއަކު އަމަލުތައް ބެހެއްޓި ގޮތުން، ޝައްކުވެގެން ބަލައި ފާސްކުރި ކަމަށެވެ.
އޭނާ ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު އޭނާ އަތުން ޖުމްލަ 53،000 އަށްވުރެ ގިނަ ރުފިޔާ އާއި ގިނަ އަދަދެއްގެ ސިނގިރޭޓު ފޮއްޓާއި، ދުންފަތާއި، ސިނގިރޭޓު ފިލްޓަރާއި، ރިޒްލާ ފެނުނު ކަމަށެވެ.
މީގެ އިތުރުން ސިނގިރޭޓު އަނބުރަން ބޭނުންކުރާ ފޮއްޓެއް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ.
ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ހުއްދަ ނެތި ރާއްޖޭގައި ކުރުމަކީ މަނާ ކަމެކެވެ. އަދި ދުންފަތް ކޮންޓްރޯލްކުރަން ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ.
ވަގަށް ސިގިރޭޓް ވިއްކާ ބޮންދެއް ބޯކޮށް ރުފިޔާ އާއި ސާމާނާއިއެކު އަތުލައިގަނެ ބައި ލައްކައިން ޖޫރިމަނާ ކޮށްފި

ގުޅޭ ލިޔުންތައް
ކޮމެންޓް