ބަރުދަން ލުއިކުރުމަށް އެކި މީހުން މަސައްކަތް ކުރަނީ އެކި ގޮތަށެވެ. އަވަހަށް ހަށިގަނޑަށް ގެއްލުން ނުވާނެ ގޮތަކަށް ބަރުދަން ލުއިކުރުމަށް ކުރެވިދާނެ ކަންތައް ތިރީގައި މިވަނީއެވެ.
1 ޕްރޮޓީން ހިމެނޭ ނާސްތާ ބޭނުންކުރުން
ހެނދުނުގެ ނާސްތާ ގަވާއިދުން ނެގުން ވަރަށް މުހިންމެވެ. ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވޭ ނާސްތާއެއް ހެނދުނު ކެއުމުން ގިނައިރު ބަނޑުހައިނުވެ ހުރެއެވެ. ޕްރޮޓީންސް އެކުލެވޭ ކާނާގެ ތެރޭގައި ކުކުޅުބިސް، އެއްގަމުމަސް، ކަނޑުމަހުގެ ބާވަތްތައް އަދި ތަރުކާރީ ހިމެނެއެވެ.
2 ކޮންމެ ފަހަރަކު ކެއުމުގެ ކުރިން ގިނައިން ފެންބުއިން
ދިރާސާތަކުން ދައްކާގޮތުގައި ކެއުމުގެ ކުރިން ގިނައިން ފެންބުއިމަކީ ކެލޮރީސް އެތެރެވާ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ފެންބޮއެގެން ކާން ފެށުމުން ކެވޭ މިންވަރު މަދުވާނެއެވެ. އެއީ ފެންބުއިމުން ބަނޑުފުރޭކަމުގެ އިހުސާސް ކުރެވޭނެތީއެވެ. އަވަހަށް ހިކެން ބޭނުންވާނަމަ ކޮންމެ ދުވަހަކުވެސް ކެއުމުގެ ކުރިން ގިނައިން ފެންބުއިމަށް އާދަކުރެވިދާނެއެވެ.
3 ހަކުރު ހުންނަ ބާވަތްތަކާއި ދުރުވުން
މޭވާވެސް ޖޫސްހަދައިގެން ބުއިމުގެ ބަދަލުގައި މޭވާ ހުރިގޮތަށް ކެއުން ރަނގަޅުވާނެއެވެ. އެއީ ހަކުރު އަޅައިގެން ޖޫސް ގިނައިން ބޯނަމަ ހަށިގަނޑު އިތުރަށް ފަލަވުމަށް ބާރުއެޅޭނެތީއެވެ. އަވަހަށް ބަރުދަން ލުއިކުރަން ބޭނުންވާނަމަ ފޮނިކާތަކެއްޗާއި ޖޫހާއި ދުރުވާންޖެހެއެވެ.
4 ޕްރޮސެސްޑް ކާނާ މަދުކުރުން
ކެއުމުގައި ގިނައިން ބޭނުންކުރަންވީ ބްރައުން ބްރެޑް، ރަތް ހަނޑޫފަދަ ފައިސާހުރި ބާވަތްތަކެވެ. ތައްޔާރީކާން ގިނައިން ކެއުމުގެ ބަދަލުގައި އަވަހަށް ބަނޑުފުރޭ ފައިދާހުރި ބާވަތްތައް ކެއުމުގައި ބޭނުންކުރާށެވެ.
5 ހަމަޖެހިލައިގެން ކެއުން
ކާންވާނީ ހަމަޖެހިގެންނެވެ. އަދި އަތުގައިޖެހުނު ކޮންމެ އެއްޗެއް ކެއުމުގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ކާން ބޭނުންވާތަކެތި ތާވަލު ކުރެވިދާނެއެވެ. ހަށިގަނޑަށް ފައިދާހުރި ފަސޭހައިން ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން އަމިއްލަ މެނޫއެއް ތައްޔާރު ކުރެވިދާނެއެވެ. ހަމަޖެހިލައިގެން ކާނަމަ މިކެވެނީ ކޯއްޗެއްކަން ރަނގަޅަށް އެނގޭނެއެވެ.
6 ހަމަނިދި ވަރަށް މުހިންމު
އުފާވެރި މިޒާޖެއްގައި ހުރުމަށް ރަނގަޅަށް ނިދުން ވަރަށް މުހިންމެވެ. ރޭގަނޑު ނުނިދާ ގިނައިރު ހޭލާ ހުންނަނަމަ ގިނައިން ކެވޭގޮތްވާނެއެވެ. އެހެންވުމުން ރަނގަޅަށް ނުނިދާނަމަ ބަރުދަން އިތުރުވުމުގެ ފުރުސަތު ވަރަށްބޮޑެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް