ހަބަރު

އައްޑޫގައި ''ކަނބޮލު'' ފިލްމަށް ފަހު ކަނބޮލުތައް ތަޅައިގެންފި

އައްޑޫ ހިތަދޫގައި ފިލްމެއް ބަލަން ދިޔަ ބަޔަކު ސިނަަމާ އިން ނުކުމެ ރޭ ހިންގި މާރާމާރީއެއްގައި، މީހަކަށް އަނިޔާވެއްޖެ އެވެ.

ހިތަދޫ ވިލާ ކޮލެޖުގައި އެޅުވި ދިވެހި ފިލްމު "ކަނބުލޮ" ބަލާފައި ނުކުމެ މަގުމަތީގައި މާރާމާރީ ހިންގީ، އަންހެނުންތަކެކެވެ. މި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

އެކަމަކު މާރާމާރީ ހިންގި ސަބަބެއް އެނގޭ ގޮތެއް ނުވި އެވެ.

ތިން މީހެއްގެ މެދުގައި ހިންގި މާރާމާރީ ހުއްޓުވަން ގިނަ ބަޔަކު ޖަމާވެ، އުޅޭ މަންޒަރު ވީޑިއޯގައި ފެނެ އެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމާ މަންޒަރާއި ގައިގައި ތަޅާ ތަން ވެސް ވީޑިއޯއިން ފެނެ އެވެ. ތަޅާފޮޅަމުން ގޮސް އަނިޔާވެގެން އެކަކު ވެއްޓިފައި އޮންނަ ތަން ވެސް ފެނެ އެވެ.

އާންމުވެފައިވާ ވީޑިއޯގައި އަންހެނަކު އެމްބިއުލާންސަށް އަރުވައިގެން ގެންދާ މަންޒަރު ފެނެ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު، ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި މާރާމާރީގައި އަނިޔާވި އަންހެނަކު އެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު މާބޮޑެތި އަނިޔާތަކެއް އޭނާއަށް ލިބިފައިނުވާ ކަމަށާއި ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.


ކޮމެންޓް