ފިނިއަށި

އާމަނަކަ ތެޔޮ އުގުޅުމުން ވާނީ ކިހިނެއް ތަ!

އާމަނަކަ ތެޔޮ ނުވަތަ ހިންދީ ބަހުން "ނީމް" އޮއިލްއަކީ އިސްތަށިގަނޑާއި ހަމުގެ ސިއްހަތަށް ވަރަށް ފައިދާހުރި ގުދުރަތީ ތެލެކެވެ. މި ތެލުގައި ހިމެނޭ މުހިންމު މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަކޮށްދީ، އެސްފިޔަތައް ރީތިކޮށްދެއެވެ. މިއީ ވަރަށް ގިނަ މީހުންގެ އިސްތަށިގަނޑު ވަރުގަދަކޮށްދޭ ކަމަށް ސާބިތު ނަތީޖާ ދައްކާ ތެލެކެވެ. އަދި ރާއްޖޭގެ ބާޒާރުންވެސް 100 އިންސައްތަ އާމަނަކަ ތެޔޮ ފަސޭހަކާއެކު ލިބެއެވެ. 




އާމަނަކަ ތެލުގައި ހިމެނޭ މުހިންމު މާއްދާތައް:

* ވިޓަމިން އީ

* އޮމޭގާ ފެޓީ އެސިޑްސް

* އެންޓި-ބެކްޓީރިއަލް މާއްދާތައް

އެންޓި-ފަންގަލް މާއްދާތައް

އެންޓި-އިންފްލެމެޓަރީ މާއްދާތައް

ނިމްބިން އަދި ނިމްބިޑިން


އިސްތަށިގަނޑު ވަރުގަދަކޮށްދޭ ގޮތް:

އާމަނަކަ ތެލުގައި ހިމެނޭ ވިޓަމިން އީ އާއި އޮމޭގާ ފެޓީ އެސިޑްސްގެ ސަބަބުން އިސްތަށީގެ ފޮލިކަލްސްތައް ވަރުގަދަވެ، އިސްތަށި ފޭބުން ހުއްޓުވައިދެއެވެ. އަދި އޭގައި ހިމެނޭ އެންޓި-ބެކްޓީރިއަލް އަދި އެންޓި-ފަންގަލް މާއްދާތަކުގެ ސަބަބުން ބޮލުގެ ހަމަށް ޖެހޭ އިންފެކްޝަންތައް ހުއްޓުވައިދެއެވެ.




އާމަނަކަ ތެޔޮ ބޭނުންކުރާނެ ގޮތް:

* ހަފްތާއަކު 2-3 ފަހަރު ބޮލުގައި މަސާޖުކުރުން

* ރޭގަނޑު ނިދަން އޮށޯންނައިރު އެސްފިޔަތަކުގައި ލުން

* އިސްތަށި ދޮވުމުގެ 30 މިނެޓް ކުރިން ބޮލުގައި ލުން

އެހެން ގުދުރަތީ ބާވަތްތަކުގެ ތެލަކާ އެކު މިކްސްކޮށްގެން ބޭނުންކުރުން

އާމަނަކަ ތެލަކީ ގަވާއިދުން ބޭނުންކޮށްފިއްޔާ އިސްތަށިގަނޑާއި އެސްފިޔަތަކަށް ވަރަށް ފައިދާހުރި ތެލެކެވެ. މި ތެލުގައި ހިމެނޭ މުހިންމު މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑު ދުޅަހެޔޮވެ، އެސްފިޔަތައް ރީތިވެގެންދެއެވެ.


ކޮމެންޓް