އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަަކަށް މިހާރު ދޭ ބަޖެޓް ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ އަންނަ އަހަަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމުގެ ކުރިން އަންހެނުންގެ ކޮމިޓީއާ ގުޅޭ މުހިއްމު ދެ ބަދަލެއް ގެންނަވާނެ ކަމަށެވެ.
އެގޮތުން ގެންނަން ނިންމެވި އެއް ބަދަލަކީ ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ދޭ ބަޖެޓުގެ ފަސް ޕަސެންޓް އަންހެނުންގެ ކޮމިޓީއަށް ދޭންޖެހޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް، 10 ޕަސެންޓަށް ބޮޑުކުރުމެވެ.
ދެވަނަ ބަދަލަކީ އަންހެނުންގެ ކޮމިޓީތަކަށް މިހާރުދޭ ބަޖެޓްގެ ތެރެއިން ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުން އެ އިނާޔަތް ދޭ ގޮތަށް ހަމަޖެއްސުމެވެ.
ރައީސް އެގޮތަށް ނިންމެވިއިރު، ކައުންސިލްތަކުގެ ބައެއް ބާވަތުގެ ހަރަދުތައް ކުރުމުގައި ބައެއް ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ދާދިފަހުން ވަނީ އިސްލާހު ގެނެސްފަ އެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް